Search Streamline Icon: https://streamlinehq.com

55 ކައުންސިލް އިމާރާތުގެ މަޝްރޫއު އަންނަ ޖޫންއަށް ނިމޭނެ: އާދަމް ޝަރީފް

WhatsApp Image 2025 12 07 at 18.16.00 a71b5ba5

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކައުންސިލްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާ “އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައެވެ. އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

“ޖޫންގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާ ކައުންސިލުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ“ މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ވުޒާރާއިން މީގެ ކުރިން ވިދާޅުވިގޮތުގައި މަޝްރޫގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗާ ވެސް ލެވިފައި ހުންނާނެއެވެ.

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމަކީ ރައިސް މުއިއްޒުގެ ވައުދުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *