ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް “ ކުރީ ސަރުކާރުން“ ބޮޑެތި މަޝްރޫޢުތަކެއް ފަށާފައިވާކަމަށާއި އެ މަޝްރޫޢުތައް ލަސްނުކޮށް ނިންމެވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް، ކުރީގެ ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓްއެގައެވެ.
”ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރަމެވެ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެކެވެ.“ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސްކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއް ކަމުގައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެ އެކްސް ޕޯސްޓް ކުރެއްވި ނަމަވެސް އެއީ ކޮން މަޝްރޫޢުތަކެއް ކަން ނުވަތަ ކޮން ރަށެއްގައި ފައްޓަވާފައިބާ ޕްރޮޖެކްޓެއްކަމެއްވެސް އެ ޕޯސްޓުގައި ފާހަގަކުރައްވާފައެއް ނުވެއެވެ.
ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ބައެއް ސަރަހައްދުގައި އައިސްޕްލާންޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައި ހުރިކަން ފާހަގަކުރެވެއެވެ.









