Search Streamline Icon: https://streamlinehq.com

ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ފަށައިފި

Big P1ksLWmYRPQD5E7Ttxao647Un

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފަށައިފިއެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޔަހްޔާ ހަަސަން އަލް ގަހުތާނީ އާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ސައުދީއަރަބިއްޔާގެ އައްސަފްވާ ފައުންޑޭޝަނުގެ ވަފުދެއް މި ކޮންފަރެންސްގައި ބައިވެރިވެ، އެބޭފުޅުންގެ ފަރާތުންވެސް ސެޝަންތައް ނަންގަވައިދެއްވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ހައްޖާ އުމްރާގެ އަޅުކަންތައް އަދާކުރުމުގައި ރަނގަޅު ހިދުމަތްދޭ ކުންފުނިތައް އެބަހުރި ކަމަށާއި، އެފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކޮށް އަންނަ އަހަރު އެވޯޑެއް އަރުވާނެ ކަމަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އަބްދުލް އަޒީޒު އިސްމާއީލް ވިދާޅުވީ، މިއީ ވަޒީރު ޝަހީމުގެ އިސްނެންގެވުމަށް ކުރިއަށްގެންދަވާ މުހިންމު ކަމެއް ކަމަށާއި، ހައްޖާ އުމްރާއަށްދާ ދިވެހިންނަށް ދޭންޖެހޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ރަނގަޅު ފެންވަރެއްގައި ދިނުމަށްޓަކައި މިއީ ވަރަށް ބޭނުންތެރި ކޮންފަރެންސެއް ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވަމުން، ހިދުމަތްދޭ ފަރާތްތަކަށް ހާއްސަ އެވޯޑެއް ދިނުމަށް އުސޫލެއް ތައްޔާރުކޮށް، ކޮންފަރެންސްގެ ހިޔާލުތަކުގެ އަލީގައި އެ އުސޫލު ގެޒެޓުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވަޒީރު ޝަހީމް ވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގައި މީހުންނަށް ހިދުމަތްދޭ ކުންފުނިތަކަށް ހަދާނީ ލިޔުން އަރުވައިފައެވެ. މިގޮތުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް، މީގާތް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް، މުބާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ލިޔުން އެރުވިއެވެ.

މީގެއިތުރުން، ޝެއިޚް ފަރީދު ހައްޖާއި އުމްރާގެ ހިދުމަތް ދިނުމުގައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ދެއްވި ހަދާނީ ފިލަޔާ ހަވާލުވެލެއްވީ ޝެއިޚް އާދަމް ނިޝާންއެވެ.

އަދި ހައްޖު ކޯޕަރޭޝަނުން ވަނީ ހައްޖާ އުމްރާގެ އަޅުކަންތައް ލުއި ފަސޭހަކުރުމަށް ސޮފްހާ ފައުންޑޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *