Search Streamline Icon: https://streamlinehq.com

ދުވާފަރުގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު ވަޒީރު ޝިޔާމް ހުޅުވައިދެއްވައިފި

6b78ef07 d3ff 4dbb 92e6 207ea99242a9

45ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު ވަޒީރު އަހުމަދު ޝިޔާމް ހުޅުވައިދެއްވައިފިއެވެ.

ދުވާފަރުގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު ވަޒީރު އަހުމަދު ޝިޔާމް ހުޅުވައިދެއްވުމަށްފަހު މައުރަޒުގައި ހުރި އުފެއްދުންތައް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން އިން އިންތިޒާމްކޮށްގެން ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މައުރަޒެކެވެ. މި މައުރަޒުގައި ދުވާފަރުގެ އިތުރުން ރ އަޮޅުގެ ގިނަ ރަށްތަކުން ބައިވެރިވެފައިވެއެވެ.

މި މައުރަޒުގައި ދިވެހީންގެ އަމިއްލަ ގިނަ އުފެއްދުންތަކެއް ވަނީ ދައްކާލާފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއާއި މިފްކޯ އަދި ދުވާފަރު ކައުންސިލުން ގުޅިގެން ކުޑަކުދިންގެ ހަވީރެއްވެސް މިއަދު ވަނީ ބާއްވާފައެވެ. މި ކުޑަކުދިންގެ ހަވީރު، ވަޒީރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއީ ފަރުހަތު ޝަހީރުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ބައްލަވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *