ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްބޭނުންވާތީ ބްރިޖުން ބައެއް މިރޭގެ ވަގުތެއްގައި ބަންދު ކުރަން ނިންމައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ސިނަމާލެ ބްރިޖުން ބައެއް ބަންދުކުރާނީ މިރޭ 23:45 އިން ފެށިގެން އެ މަސައްކަތް ނިމެންދެންނެވެ. އަދި ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި މާލެއާއި ހުޅުމާލެ ގުޅުވާލަދިން ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ގިނަބަޔަކަށް ހުޅުލެއާއި ހުޅުމާލެއަށް ދަތުރު ފަތުރު ކުރުމަށް ވަރަށް ފަސޭހަވެ، ވަގުތު ސަލާމަތްވުމުގެ އިތުރުން މާލެއާ ހުޅުލެ އަދި ހުޅުމާލެ ގުޅުވާލުމުގައި ސިނަމާލެ ބްރިޖްގެ ދައުރުވަނީ ވަރަށް ބޮޑުވެފައެވެ.
މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ އެތައްހާސް ބަޔަކު ދުވާލަކު އެތައްފަހަރަކު ތަފާތު އެކިއެކި ބޭނުންތަކުގައި ބްރިޖުގެ ބޭނުން ކުރުންވަނީ އިންތިހާއަށް ބޮޑުވެފައެވެ. ނަމަވެސް ބްރިޖުގައި ހިނގާ ހިތާމަވެރި ހާދިސާ ތަކާއި ގުޅިގެން ބްރިޖުން ދަތުރުކުރާ ފަރާތްތަކާއިމެދު މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް ސަލާމަތާއި ރައްކައުތެރިކަމުގެ ގޮތުން އެޅުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.









