Search Streamline Icon: https://streamlinehq.com

ރޭގަނޑު 12ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރުމަށް ރައީސް އަންގަވައިފި

Raees Dr. Muizzu fenvaruonline

ދަންވަރު 12 އިން ފެށިގެން ހެނދުނު 06:00އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަމުގައެވެ.

އެމަނިކުފާނު މިކަމަށް އިރުޝާދުދެއްވިކަން ހާމަކުރެއްވީ މީސްމީޑިއާގެ އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ، އެ ފިޔަވަޅުއެޅުއްވުމަށް މިރެއިން ފެށިގެން މަސައްކަތް ފެއްޓެވުމަށް ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކަށް އިރުޝާދުދެއްވާފައިވާކަން އެމަނިކުފާނުގެ ޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *