ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ހޮވާނެކަމުގެ އުއްމީދު ބޮޑުކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 އިން ސައްތަ މީހުން ހިތްހަމަޖެހޭކަން ބާނި ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސަރވޭއަކުން ދެއްކުމާއި ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް ’އެކްސް‘ ގައި ޙިއްޞާ ކުރައްވާ ރައީސް މުޢިއްޒުއަށް މަރުބާ ދަންނަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެފައިވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށާއި، ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަޞައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިޢާޔަތް ކުރާއިރު، ދެ ވަނަ ދައުރަކަށް ރައްޔިތުން އެމަނިކުފާނު ހޮވާނެކަމުގެ އުންމީދު ބޮޑު ކަމުގައެވެ.
އަދި ރައީސް ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގަތުމަކީ ރާއްޖޭގެ ކުރިމަގަށްއޮތް އުއްމީދެއްކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.









