އެމެރިކާއިން ނައިޖީރިއާގެ ހުޅަނގުއުތުރުގައި ހަރަކާތްތެރެވަމުން އަންނަ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވެންޓް (އައިއެސްއައިއެލް) ނުވަތަ އައިއެސްއައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާތައް ދީފައިވަނީ ނައިޖީރިއާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް އެފްރިކާގެ ދިފާއީ ބާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީޑިއާ ރިޕޯޓްތަކުން އިތުރަށް ބުނާ ގޮތުގައި، އައިއެސްއައިއެލްގެ ހަނގުރާމަވެރިންނަށް އެމެރިކާއިން މި ހަމަލާދީފައިވަނީ އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕުގެ އަމުރަކަށެވެ. އެފްރިކާގެ ދިފާއީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ އަމާޒަކީ ނައިޖީރިއާގެ ހުޅަނގުއުތުރުގައި އޮންނަ ސޮކޯޓޯ ސްޓޭޓްގައި ހަރަކާތްތެރިވާ ނިރުބަވެރިންނެވެ. މި ހަމަލާގައި އައިއެސްއައިއެސްގެ އެކި އަމާޒުތައް ނައްތާލެވިފައިވާކަމަށް ނައިޖީރިއާއިން ވަނީ ބުނެފައެވެ.
ނައިޖީރިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެމެރިކާއިން މި ހަމަލާތައް ދިންއިރުވެސް އަދި މިހާރުވެސް އެމެރިކާއާއެކު މި ހަމަލާތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާކަމަށެވެ.
ނައިޖީރިއާގެ އެދުމުގެ މަތިން އެމެރިކާއިން މި ހަމަލާދީފައިވާއިރު، އެމެރިކާއިން ވަނީ އައިއެސްއައިއެސްއިން އެގައުމުގައި ތިބި ޔަހޫދީންނާއި، މުސްލިމުން މަރަމުން އަންނަކަމަށް ބުނެފައެވެ. ނަމަވެސް، އެމެރިކާއިން ދެއްކި މި ދަޢުވާ ނައިޖީރިއާއިން ވަނީ ދޮގުކޮށްފައެވެ.
އެމެރިކާއިން ދިން މި ވައިގެ ހަމަލާގައި އައިއެސްއައިއެސްގެ ބައެއް އަމާޒުތައް ނައްތާލެވިފައިވާ ކަމަށް ނައިޖީރިއާއިން ބުނި ނަމަވެސް، މި ހަމަލާގައި މަރުވި މީހުންގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.









