Search Streamline Icon: https://streamlinehq.com

ކުދި ވިޔަފާރިތަކަށް ހާއްސަ ގުދަން ހަދަނީ

Images

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން މައި ވިޔަފާރި ބަނދަރުތަކުގައި އެ ފަރާތްތަކަށް ހާއްސަ ގުދަން ކުރުމުގެ ވަސީލަތްތައް ގާއިމުކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ، ހދ. ކުޅުދުއްފުށި އަދި ޏ. ފުވައްމުލަކުގައި ހެޔޮ އަގުގައި މުދާ ރައްކާކުރުމުގެ އިންތިޒާމު ހަމަޖައްސާނެއެވެ. މިކަންކަން ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުން ފާހަގަކުރި ކަންކަމަށް ހައްލު ހޯދުމަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މީގެއިތުރުން، އެމްޕީއެލްއިން މުދާ ކްލިއަރ ކުރާނެ ގޮތްތައް އަވަސްކުރުމާއި، ބަނދަރު ސަރަހައްދުގައި މުދާ އުފުލުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ކަންކަން މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އަދި ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބޭތިއްބުމަށް ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓަރީކޮށް، ކޯޓާ ލިބުމުގައި ދިމާވެފައިވާ ދަތިތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވައިގެ މަގުން ގެންނަ މުދާ ކްލިއަރ ކުރަން ލިބޭ ވަގުތު ކުޑަވުމުން ދިމާވާ ޑެމަރޭޖްގެ މައްސަލައަށް ހައްލެއްގެ ގޮތުން، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭނެ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *