Search Streamline Icon: https://streamlinehq.com

އެފްއައިޔޫގެ އިސްވެރިޔާ ސާޖިދު ސަސްޕެންޑްކޮށްފި

432374 3 c3bfcb1edc8b357836e9d0f90d2e89a07eb0fb09 large

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާ އިސްމާއިލް ސާޖިދު، މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ފަހުން ސަސްޕެންޑުކޮށްފި އެވެ.

މައުލޫމާތު ލިބުނުގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އެމްއެމްއޭއިން ހާމައެއް ނުކުރައްވައެވެ. ސައީދު ވަނީ އޭނާ ސަސްޕެންޑުކުރިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ސާޖިދު ސަސްޕެންޑުކުރިއިރު ގަވަރުނަރު އަހުމަދު މުނައްވަރު ހުންނެވީ ޗުއްޓީގަ އެވެ. މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން އަދި ރަސްމީ ބަހެއް ދީފައެއް ނުވެ އެވެ.

އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ސާޖިދު މިދިޔަ އޮގަސްޓް މަހު އައްޔަންކުރީ އޭރުގެ ވެރިޔާ އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމުންނެވެ. އެމްއެމްއޭއިން އޭރު ބުނީ އަޝްރަފު ބަދަލުކުރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.

މީގެ ކުރިން އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވި އަޝްރަފު ވެސް 2018 ވަނަ އަހަރު މަގާމުން ވަކިކޮށްފައިވެ އެވެ. އޭނާ މަގާމުން ވަކިކުރީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތެއް ފުލުހުންނަށާއި އޭސީސީއަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް 2023 ވަނަ އަހަރު އަލުން އެމަގާމަށް އައްޔަނުކުރި އެވެ.

މި އަހަރުގެ އޮގަސްޓް މަހު އަޝްރަފް މަގާމުން ދުރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ޝުޖާއުގެ ކުންފުންޏާ ގުޅޭ މާލީ މުއާމަލާތްތަކާ ގުޅޭގޮތުން އެފްއައިޔޫއިން މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *