Search Streamline Icon: https://streamlinehq.com

އެއްވެސް މީހަކު ބާކީ ނުވާގޮތަށް ސިޔާސަތުތައް ބައްޓަށްކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސުލްޖުމްހޫރިއްޔާ

Raees Mohamed Muizzu fenvaru

އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތަކާއި، އަމިއްލަ މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވައިލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ހަމަހަމަފުރުޞަތުތައް ލިބިގެން ކަމުގައެވެ.

އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް މީގެ ކުރިންވެސް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ދުނިޔޭގެ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުޞަތުތަކާއި، އަމިއްލަ މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ހަމަހަމަފުރުޞަތުތައް ލިބިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެންމެންގެ ބައިވެރިވުން ޝާމިލުވާ، އަދި އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *