Search Streamline Icon: https://streamlinehq.com

އަނގޮޅިތީމުން ހުޅުދުއްފާރަށް އެއް ޓަނު ކަނޑުމަސް ހަދިޔާކޮށްފި

Angolhitheemu

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ރައްތިރުންނަށް އެއަތޮޅު އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން އެއްޓަނަށްވުރެ ގިނަ އަދަދެއްގެ ރޯމަސް ހަދިޔާކޮށްފިއެވެ.

އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ހުޅުދުއްފާރު ރައްޔިތުންނަށް ޓަނަކަށްވުރެ ގިނަ އަދަކަށް ރޯމަސް ހަދިޔާ ކޮށްފައި މިވަނީ  ކޮވިޑް-19 ގެ ސަބަބުން ހުޅުދުއްފާރު ކަރަންޓީނުގައި އޮންނަތާ 40 ދުވަހާއި ގަތްވެފައި ވަނިކޮށެވެ.

 ކޮވިޑް-19 ގެ ސަބަބުން މޮނިޓަރިންގައި އޮތް ހުޅުދުއްފާރު ރައްޔިތުންނަށް، އަނގޮޅިތީމު ރައްޔިތުން ކަނޑުމަސް މަސް ހަދިޔާކޮއްފައިވާއިރު ފާހަގަކޮށްލެވޭ އެއްކަމަކީ ރ.އަތޮޅު ރައްޔިތުންނަކީ އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވެދޭ ބައެއްކެމެވެ.

“ ކޮވިޑް19ގެ މިއާލަމީ ވަބާގައި އަވައްޓެރި ރ.ހުޅުދުއްފާރު ގިނަ ދުވަސްތަކެއް ވަންދެން ރަށުބަންދުގައި އޮތުމުން އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން ހުޅުދުއްފާރު ރައްޔިތުންނަށް އެހީއެއްގެ ގޮތުން 1 ޓަނު ކަނޑު މަސް ހަދިޔާކުރުމުގެ އިވެންޓް ވަރަށް ކާބިޔާބު ކަމާއިއެކީ ނިންމާލެވިއްޖެ.“

ހުޅުދުއްފާރު މޮނިޓަރިންގައި އޮންނަތާ 40 ދުވަސް ވާން ގާތްވެފައިވާއިރު އެރަށަށް މަސް ލިބުމުގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. އެރަށުން މިހާތަނަށް 42 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 24 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިފަދަ ހިތާމަވެރި ޙާލަތެއްގައި ހުޅުދުއްފާރު އޮތްއިރު ރ.އަތޮޅު ކުޑަރަށެއްގެ ރައްޔިތުންގެ ފަރާތުން މިފަދަ ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވި މި އުފާވެރި ދަނޑިވަޅުގައި ހުޅުދުއްފާރު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ހިތާމަޔާއިއެކު ކުރަމުންދާ އެއް ޝަކުވާ އަކީ އެބައިމީހުން ނުހަނު ބުރަމަސައްކަތް ކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރައްވާފައިވާ އެ ދާއިރާގެ އިއްޒަތްތެރި މެމްބަރު އެރަށު ރައްޔިތުންނަށް އެންމެ ކުޑަމިނުން ފޭސް މާސްކެއްގެ ހިސާބު ފޮނުވާލަދެއްވަން ކެރިވަޑައިނުގެންއިރު ރައްޔިތުންގެ ޙާލު އަހުވާލުވެސް ބައްލަވައި ނުލެއްވުމެވެ.

1 ކޮމެންޓް

  1. އަދި މަޢުލުމާތައްޓަކާ ދަންނަވާލަންް އަނގޮޅަތީމު ރައްޔެތުންގ ފަރާތުން ދުވާފަރު ކޮންމެ ގެއަކަށް 20 ކާށި ވަނ ހަދިޔާ ކޮއްފައެވެ ދުވާފަރު ވެސް ރަށުބަންދުު އަކަށް ދިޔައީ 24 މޭ ގައެވެ

Leave a Reply

Your email address will not be published. Required fields are marked *