Search Streamline Icon: https://streamlinehq.com

ފަހުގެ

މި އަދުން ފެށިގެން ސަރުކާރު ބަންދު ވާނެ

Raees Office

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަށް މި އަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެއެވެ.

ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި އަޅުކަން ކުރުމަށާއި، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީޙުން ހާމަކުރައްވާފައިގޮތުގައި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައި ވީނަމަވެސް އެ ދުވަސްތަކުގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާއަކުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މީގެ ކުރިން ނިންމަވާފައެވެ.

ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް އެންމެ ފުރަތަމަ ސަރުކާރު ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި