އަންނަ އޭޕްރީލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ހަކަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 299,876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައިވާގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. މިއީ އީސީން ހާމަކުރި ވަގުތީ ލިސްޓުގައި ހިމެނި އަދަދަށްވުރެ 61 މީހުންގެ މަދު އަދަދެކެވެ. މި ބަދަލުތައް ގެނެސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
ނަމަވެސް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށްފަހު ލިސްޓަށް އައި ބަދަލުތަކާއެކު މިހާރު ވަނީ ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވާފައެވެ.
އީސީން ހާމަކުރި ލިސްޓުގައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 299,876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. 150،370 ފިރިހެނުންނާއި، 144،506 އަންހެނުން ކަމަށްވެސް ިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.
އީސީން ހާމަކުރެއްވި ގޮތުގައި އަންނަ މަހު ބާއްވާ 3 ވޯޓުގައިވެސް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދހުވަހު ވޯޓުލުމަށްޓަކައި މާލޭގައި 180 ފޮށްޓާއި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ފޮށީގެ އިތުރުން އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް އީސީންވަނީ ނިންމަވާފައެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އީސީން ވަނީ ނިންމަވާފައެވެ.
އީސީން ހާމަކުރެއްވިގޮތުގައި ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ މީހުންގެ އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ކޮމިޝަނުގެ ވެބްސައިޓު އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޗެކްކުރެވޭނެއެވެ. އަދި ވޯޓުލާން ދާންޖެހޭ ތަން (VR (Space) ID number to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށްވެސް އީސީން ހާމަކުރައްވައެވެ.









