ވ.އަތޮޅު ކެޔޮދޫގެ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
އެމްއެންޑީފުން ހާމަކުރެއްވިގޮތުގައި މާރިޗު 20ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން މިހާތަނަށް، ކަނޑުމަގުން 3450 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މިއަދު ވެސް ކަނޑުމަގުންނާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.










