Search Streamline Icon: https://streamlinehq.com

ފަހުގެ

ކެނަބިސް ޓްރެފިކް ކުރި މީހަކު ބޮޑު ޖޫރިމަނާއަކާއި އެކު 12 އަހަރާއި ހަމަހަށް ޖަލަށް

Asthuvaa thakethi

ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި 100،000 (އެއްލައްކަ ރުފިޔާ)އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި 25 މާރިޗު 2026 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުމްކޮށްފައި ވަނީ ދަފްތަރު. ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި 2024 ފެބުރުވަރީ 7 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫން އަޙްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނީ 2024 ވަނައަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހު ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި