Search Streamline Icon: https://streamlinehq.com

ފަހުގެ

ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

Courier Service medhuverikoh Raajje ah Masthuvaathakethi etherekuri 2 Meehaku Hayyaru Koffi

ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނިބޫގެ / މާލެ، ޝަމްޢޫން ނަޞީރު (34އ) އާއި ގ. މާވާގެ / މާލެ، ޢަބްދުﷲ ޔާމީން (32އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަންގައެވެ.

މި މައްސަލައާ ގުޅިގެން މި މާރިޗު މަހުގެ 29 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަމްޢޫން ނަޞީރު 5 ދުވަހަށް އަދި ޢަބްދުﷲ ޔާމީން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި