ޕީޕަލްސް ނެސަނަލް ކޮންގްރެސް ޕާޓީ(ޕީއެންސީ)ގެ ވަރަށް ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީން ހާމަކުރައްވާގޮތުގައި މި ޖަލްސާއަކީ ބޯމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި ކޮންގްރެސް ޕާޓީން ހަރުގޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަދި އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންގްރެސްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ފަލާޙް ވިދާޅުވެފައިވަނީ ކޮންގްރެެސް ޕާޓީން ބާއްވާ ހަރުގެ ޖަލްސާއެއް ޕީއެންސީ ހަރުގޭގައި އޮންނާނެ ކަމަށާއި މިރޭގެ ޖަލްސާއަކީ ވަރަށް ފޯރިގަދަ ޖަލްސާއަކަށް ވާނެކަމުގައެވެ.
ޕީއެންސީ މައި ހަރުގޭގައި މިރޭ ބާއްވާ މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ކޮންގުރެސް ޕާޓީން ވަނީ އިލްތިމާސް ކޮށްފައެެވެ. އަދި މިރޭގެ ޖަލްސާ އޮންނާނީ ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ — ހ. ވެޔޮވިލާގައި ކަމަށާއި މިރޭ ބާއްވާ ހަރުގެ ޖަލްސާ ފެށޭނީ 8:45 ގައި ކަމަށް ވެސް ކޮންގުރެސް ޕާޓީން ހާމަކުރައްވައެވެ.
ރާއްޖޭގެ އެން މީހުންގިނަ ކޮންގުރެސް ޕާޓީން މިފަދަ ފޯރިގަދަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސަވާފައިވާއިރު، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީވެސް ކޮންގްރެސް ޕާޓީން ކަން ފާހަގަކުރެވެއެވެ. އަދި ކޮންގުރެސް ޕާޓީން ދަނީ މުޅި ރާއްޖޭގައި ވަރަށް ފޯރިއާއި ޖޯޝާއިއެކު އެކުވެރި މާޙައުލެއްގައި ކާމިޔާބު ކެމްޕެއިނުތައް ހިނގަމުންނެވެ.








