Search Streamline Icon: https://streamlinehq.com

ފަހުގެ

އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

Raees Muizzu 2

އިއްޔެ މުޅި ރާއްޖޭޣައި ކުރިއަށްދިޔަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ރާއްޖޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ނަތީޖާ، އިޙްތިރާމާއެކު ބަލައިގަންނަ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގައެވެ. އަދި އެމަނިކުފާނު ވަނީ އެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި