Search Streamline Icon: https://streamlinehq.com

ފަހުގެ

ވަގުތީ ނަތީޖާއިން ސިޓީތަކުގެ މޭޔަރުކަން މިފަހަރުވެސް އެމްޑީޕީއަށް

Mayors MDP

ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު ފަސް ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި ހުރިހައި ކެންޑިޑޭޓުންގެ ތެރެއިން ފާއިތުވި ދައުރުގައިވެސް އެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ފުރުއްވި އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ދެވަނަ ދައުރަކަށް މިފަހަރުގެ އިންތިޚާބުގައިވެސް އެ ސިޓީތަކުގެ މޭޔަރުކަމުގެ ގޮޑި ކަށަވަރުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި، ތިނަދޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ މޭޔަރުކަ،ިގެ މަޤާމުވަނީ އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓުން ކަށަވަރުކުރައްވާފައެވެ.

އިއްޔެ ނިމިގެންދިޔަ މި އިންތިޚާބުގައި ތިނަދޫސިޓީގެ ގޮނޑި އެމްޑީޕީއަށް ކަށަވަރުވެފައިވަނީ ކުޑަ ތަފާތަކުންނެވެ. ނަމަވެސް އެހެން ހުރިހާ ސިޓީއެއްގެ ގޮނޑިތައް އެމްޑީޕީންއަށް ކަށަވަރުވެފައިވަނީ ވޯޓުގެ ބޮޑު ތަފާތަކުން ކަމަށް މިހާތަނަށް ލިބުނު ނަތީޖާއިން ވަނީ ޔަޤީންވެފައެވެ.

އިއްޔެ ނިމިދިޔަ އިންތިޚާބުގެ ނަތީޖާއަށް ބާލާއިރު ތިނަދޫ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ސައުދު އަލީ އާއި ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު އަޖީބުގެ ވޯޓުގެ އަދަދުގައި މާ ބޮޑު ފަރަގެއް ނުޥާކަން ފާހަގަކުރެއެވެ. މި ދެ ބޭފުޅުންގެ މެދުގައި އޮތީ ގާތްގަނޑަކަށް ފަންސާހަކަށް ވޯޓުގެ ފަރަގެއް ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. ނަމަވެސް މި ނަތީޖާއަށް މާބޮޑޫ ބަދަލެއް އަންނާނެ ކަމަށް މިގާކުގެ ނަތީޖާއަށް ބަލާއިރު ޤަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ މައި ސިޓީތަކުގެ މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، މި ފަސް ސިޓީގެ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

އިއްޔެ ނެގި ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ފަސް ސިޓީގެ މޭޔަރުކަންވެސް އެމްޑީޕީއަށް ކަށަވަރުވެފައިވާކަން އެ ޕާޓީން މިހާރު ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި