Search Streamline Icon: https://streamlinehq.com

ފަހުގެ

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައީސް ނަޝީދުގެ ތާޢީދު، ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އަށް

Raees Nasheed Fenvaruonline

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާ ޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް އިސްމާޢީލަށް ތާޢީދު ކުރައްވާނެކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލް މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ސިޔާސީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް އިސްމާޢީލަށް ތާޢީދު ކުރައްވަން ނިންމެވިކަމުގައެވެ.  ނަމަވެސް ރާއްޖޭގެ ރައީސްކަމުގައި ”ދައުލަތުގެ ވެރިއަކަށް“ ހުންނެވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުގެ ކުރިންވެސް ފައްޔާޒު އިސްމާޢީލް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަން އިއުލާން ކުރައްވާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އިސްމާޢީލްއާއި، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްއާއި އަބްދުﷲ ޝާހިދުގެ އިތުރުން ފައިސަލް ނަސީމްފަދަ ބޭބޭފުޅުންވެސް ވާދަކުރެއްވުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި