Search Streamline Icon: https://streamlinehq.com

ފަހުގެ

އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް

Maru

އެނގިހުރެ މީހަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު25 އަހަރަށް ޖަލަށް ލުމަށްހުކުމްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، އެނގިހުރެ މީހަކު މަރައިލުމުގެ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފައިވާކަމުގައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (48އ) ގެ މައްޗަށްކަމަށާއި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ (ގާނޫނު ނަންބަރު 9/2014) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 22 ވަނަ ދުވަހު މުޙައްމަދު ނިޡާމްގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ނިޡާމް 25 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނިޡާމް، މި ދައުވާއާ ގުޅިގެން 3 ޖަނަވަރީ 2023 އިން ފެށިގެން 1 މާރިޗު 2026 އަށް، ޖުމުލަ 1154 ދުވަސް ބަންދުގައި ހުރުމުން އެ ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު ނިޡާމް ތަންފީޒުކުރަންޖެހޭ މުއްދަތަކީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި