Search Streamline Icon: https://streamlinehq.com

ފަހުގެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ވާދޫން ދެމީހުން ހައްޔަރުކޮށްފި

Masthuvaathakethi

މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދޫއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ / ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) ކަމުގައެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫ ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމް ހުރިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަޝްރަފް 30 ދުވަހަށް އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަަ ފުލުހުން ދަނީ ތަހުގީގުކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި