Search Streamline Icon: https://streamlinehq.com

ފަހުގެ

މިމަހު 24 ވާ އާދީއްތަ ދުވަހާއި، 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު

Raees Muizzu

އަޟްޙާ ޢީދުގެ ބަންދާއި ގުޅިގެން މިމަހުގެ 24 ވާ އާދީއްތަ ދުވަހާއި، 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މޮގިތަށް ހަމަޖައްސަވައި ދެއްވެވީ\ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، މި ހިނގާ މޭމަހުގެ 31 ވާ އާދީއްތަ ދުވަހުއކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި