Search Streamline Icon: https://streamlinehq.com

ފަހުގެ

ރައީސް މުޢިއްޒު އަށް 2028 ކާމިޔާބު ކޮށްދިނުމަށް ޕީއެންސީ އޮތީ ކަމަރު ބަނދެގެން: ޢަބްދުލްރަޙީމް ޢަބްދުﷲ

MP Adhurey

އަންނަ ރިޔާސީ އިންތިޚާބު 2028 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކޮށްދޭން ޕީއެންސީ އޮތީ ކަމަރު ބަނދެގެން ކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ ދާއިރާގެ މެންބަރ ޢަބްދުލްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ޕީއެންސީ އޮތީ އެކުގައި ގަދަކޮށް ކަމަށާއި، ޕީއެންސީ ރޫޅައެއް ނުލެވޭނެ ކަމުގައެވެ.

ޕީއެންސީގެ ޖަގަހަގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލިސްގެ ރައީސް ވިދާޅުވީ ޕީއެންސީގެ އެތެރޭގައި ރިޔާސީ ކެންޑިޑޭޓުގެ އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށާއި 2028 ގައި ޕީއެންސީގެ އާންމު މެމްބަރުން ކަންބޮޑުވެ ހާސްވާން ޖެހޭފަދަ އެއްވެސް ކަމެސް ނުހިނގާނެ ކަމުގައެވެ. އަދި ޕީއެންސީ ބައިބައިކުރަން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުލްރަޙީމް ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް ޤައުމީ ކަމެއް ކުރަން ބޭނުންވާނަމަ އަންނަންވީ ޕީއެންސީގެ ހަރުގެއަށް ކަމަށާއި ޤައުމަށްޓަކާ ކަމެއް ކޮށްދޭނެ ފިކުރަކީ ޕީއެންސީގެ ފިކުރު ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި