Search Streamline Icon: https://streamlinehq.com

ފަހުގެ

އަމީރުލް ޙައްޖުގެ ގޮތުގައި ރާއްޖެއިން ވަޑައިގަންނަވާނީ މިނިސްޓަރ މުޙައްމަދު ސަޢީދު

Minister Saeed

ޙައްޖުވެރިންގެ އެނެމެހައި ކަންކަމާއި ޙަވާލުވެ އިސްވެރިއެއްގެ ގޮތުގައި ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ކަންތައްތައް ބަލަހައްޓަވާ، އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ހުރިހާ ޙައްޖުވެރިން މިހާރުވަނީ، ސަޢުދީއަށް ގޮސްފައެވެ. ޖުމްލަ 4 ފްލައިޓުގައި ޙައްޖުވެރިން ގެންގޮސްފައިވަނީ، މޯލްޑިވިއަންގެ 2 ފްލައިޓާއި ސަޢުދީއާގެ 2 ފްލައިޓުގައެވެ.

މީގެ ކުރިންވެސް ރާއްޖެއިން ޙައްޖައްދާ ފަރާތްތަކާއި ޙަވާލުވެ އަމީރުލް ޙައްޖުގެ ގޮތުގައި، ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކަށް ބޭފުޅަކު ކަނޑައަޅުއްވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މިއަހަރުގެ އަމީރުލް ޙައްޖު ނުވަތަ ޙައްޖުވެރިންގެ އެންމެ އިސްފަރާތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވަނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ.

ކޮންމެ އަހަރަކުވެސް 1000 ޙައްޖު ކޯޓާ ސަޢުދީ ސަރުކާރުން އަންނަނީ، ދިވެހިރާއްޖެއަށް ދެއްވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި