Search Streamline Icon: https://streamlinehq.com

ފަހުގެ

ސާނަވީ އިމްތިހާނުގައި ބައިވެރިވާ ހުރިހައި ދަރިވަރުންނާމެދު މުޅި ޤައުމު ކުރަނީ ނުހަނު ފޮނި އުންމީދެއް: ފަސްޓް ލޭޑީ

Sajidha Mohamed

މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށް، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ ވިދާޅުވީ، މިއަހަރުގެ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ހުރިހައި ދަރިވަރުންނާމެދު މުޅި ޤައުމު ކުރަނީ ނުހަނު ފޮނި އުންމީދެއް ކަމުގައެވެ.

“ މަތީ ސާނަވީ އިމްތިޙާނުގައި މިއަހަރު ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން.“

މަތީ ސާނަވީ އިމްތިހާނާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެފައިވަނީ، ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުން ފަހުރުވެރިވާ ފަދަ މޮޅު ނަތީޖާއެއް ހޯދައި، އުޖާލާ މުސްތަގުބަލަކަށް ވާސިލުވުމަށް އެ ކުދިން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ.

”މަތީ ސާނަވީ އިމްތިޙާނުގައި މިއަހަރު ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ތިޔައިން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، ޖަވާބުދިނުން ފަސޭހަކޮށްދެއްވާށި. އާމީން“

އަދި މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު، ކޮންމެ ދަރިވަރެއްގެ ހިތް އަލިކުރައްވައި، ވިސްނުމާއި ތޫނުފިލިކަން އިތުރުކުރައްވައި، އިމްތިހާނުގައި ފަސޭހަކަމާއެކު ޖަވާބުދިނުމުގެ ތައުފީގު މިންވަރުކޮށްދެއްވުން އެދި އެކަމަނާ ވަނީ ދުއާ ދަންނަވާފަ އެވެ.

”ތިޔަ ދަރިވަރުންނަށްޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް. ތިޔަކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ހޯދައި، އުޖާލާ މުސްތަޤްބަލަކަށް މަގުފަހިކުރާނެކަމަށް އުންމީދުކުރަން.“

މި އަހަރުގެ މަތީ ސާނަވީ އިމްތިހާނު 53 މަރުކަޒެއްގައި ކުރިއަށްދާއިރު، އޭ-ލެވެލް އިމްތިހާނުގައި 4,973 ދަރިވަރުން އަދި އެޗް.އެސް.ސީ އިމްތިހާނުގައި 2,263 ދަރިވަރުން ބައިވެރިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި