Search Streamline Icon: https://streamlinehq.com

ފަހުގެ

ދިވެހި ވަޠަނީ ޚިދުމަތް: ފުރަތަމަ އަހަރުވެސް ސަރުކާރުގެ ލަނޑުދަނޑި ޙާޞިލް ވެއްޖެ: ރައީސް

Wathanee Khidhumaiy

ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރުފުރިފައިވާ އިރު މި ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގަ އެވެ.\

ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށްދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުންމީދުން ފުރިގެންވާ ޢަޒުމާއެކު 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖިގަމި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި ޢާއިލާތަކަށް ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ކާމިޔާބު ޙަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރައްވަމުން، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި މި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ، ޒުވާނުންނަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު 1 އަހަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި، ނޭޝަނަލް ސަރވިސް އިނީޝިއޭޓިވްގެ ޓްރޭނިންގގެ ތެރެއިން 1028 ދިވެހި ޒުވާނުން ތަމްރީނު ކުރެވުނުއިރު، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުން ވަނީ ތަމްރީނު ކުރެވިފައެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ދިވެހި ވަޠަނީ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އިރާދަ ކުރެއްވިއްޔާ، ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ތަޢާރަފްކުރެވޭނެ ކަމަށާއި ނޭޝަނަލް ސަރވިސްގެ ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި