Search Streamline Icon: https://streamlinehq.com

ފަހުގެ

”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި

Presidents Office

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ”ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް“ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ. މިކުންފުނި އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/16 ޤަރާރުންނެވެ.

މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ޓަކައި 100 ޕަސެންޓު ސަރުކާރު ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެކެވެ.

މި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިންގ ފެސިލިޓީތައް ޤާއިމުކޮށް ހިންގުމާއި، ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި، ލިސްޓުކުރުމަށާއި، މުޢާމަލާތުކުރުމުގެ މަގުފަހިކޮށްދިނުމާއި، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިންގ އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި