Search Streamline Icon: https://streamlinehq.com

ފަހުގެ

ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އަބަދުވެސް މަސައްކަތް ކުރާނަން: ކޮމިޝަނަރ އޮފް ޕޮލިސް

CP kunburudhoo

ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައިކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ކުނބުރުދޫގައި އަލަށް ޢިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ މަރުކަޒު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުނބުރުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރަށްރަށުގައި ރައްޔިތުންނަށް ޕްރޮފެޝަނަލް ހިދުމަތެއް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، ފުލުހުންގެ ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ އަދި އެކަށީގެންވާ ވަސީލަތްތައް ހުރި މަރުކަޒުތަކެއްގައި ތިބެގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި ފުލުހުން ނެތް ރަށްރަށުގައި ފުރަތަމަ ފުލުހުން ގާއިމުކުރުމަށްފަހު، މިހާރު ހިނގަމުންދަނީ އެ ރަށްރަށުގައި އަމިއްލަ މަރުކަޒުތައް ގާއިމުކޮށް ފުރިހަމަ ހިދުމަތެއް ދިނުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.މަރުކަޒުގައި ހިދުމަތްކުރާ

މުވައްޒަފުންނާ މުހާތަބުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

”މަދު ފުލުހުންކޮޅެއް ތިބެގެން ރަނގަޅު، އެފިޝަންޓް، އިފެކްޓިވް މަސައްކަތެއް ކުރެވުނީމާ، ގިނަ ބަޔަކު ތިބެގެން ރައްޔިތުން އުއްމީދު ކުރާ ވަރަށް އެ މަސައްކަތް ނުކުރެވުން، އެއަށްވުރެ ރަނގަޅުވާނެ މަދު ބަޔަކު ތިބެގެން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުން… އެހެންވީމަ އަޅުގަނޑު އެދެނީ، ކިތަންމެ މަދުން ފުލުހުން ތިބުން އެއީ ސަބަބެއް ކަމަށް ނުބަލައި، އެ ތިބޭ ފުލުހުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނާ ދޭތެރޭ އޮންނަންޖެހޭ ގާތް ގުޅުން ބާއްވައިގެން، އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރަމުން ރައްޔިތުންނާ ގުޅިގެން މި މަސައްކަތް ކުރުމަށް،“ ކޮމިޝަނަރ ވިދާޅުވިއެވެ.

މުއައްސަސާގެ ޖުމުލަ ސްޓްރެންތު އިތުރުވަމުންދާ ވަރަކަށް ކުނބުރުދޫ ޕޮލިސް ޕޯސްޓަށް ވެސް އިތުރު ފުލުހުންނާއި ވަސީލަތްތައް ހަމަޖައްސަވާނެކަން ހާމަކުރައްވަމުން ކޮމިޝަނަރ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި