Search Streamline Icon: https://streamlinehq.com

ގދ.އަތޮޅު ތަމްސީލުކުރާ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދެވުމަށް ފިރުޝާން ހިޔާލު ދެއްވައިފި

7f7c5c53 abc3 42f5 bcd8 82e67123266b 1024x661

ގދ.އަތޮޅު ތަމްސީލުކުރާ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދެވުމަށް, ގދ. މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު, ޙުސައިން ފިރުޝާން ގދ. އަތޮޅު ކައުންސިލަށް ލަފާ ދެއްވައިފިއެވެ.

މެންބަރު ފިރުޝާން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ވާ ގޮތުން ރަށްރަށު ކައުންސިލްތަކުގެ ރައީސުން އަތޮޅު ކައުންސިލުގައި ތިބުމަކީ އެއް ރަށުގެ ވަސީލަތްތައް އަނެއް ރަށަކަށް ހިއްސާކޮށް އެކުގައި ކުރިއަށް ދިއުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމުގައި ދެކިލައްވާ ކަމަށާއި އަތޮޅުގެ ކުރިއެރުމާއި ތަރައްގީއަށް ކުރަންޖެހޭ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ މަސައްކަތް ގދ. އަތޮޅު ކައުންސިލުން ކުރެވިދާނެ ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވި ގޮތުގައި ފިރުޝާންގެ ހިޔާލު ފާޅުކޮށް އޭނާ ވަނީ އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.މިސިޓީގައި ފިރުޝާން ހުށަހަޅާފައިވާ ހިޔާލްތަކަކީ:

  • ގދ. ކޯޕަރޭޓިވް ސޮސައިޓީގެ ފަންޑުގެ 35 ޕަސެންޓަކީ ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ އެކްޕަޓީސް ހޯދުމަށް ޚަރަދުކުރެވޭ ބަޔަކަށް ހެދުން.
  • ގދ. ކޯޕަރޭޓިވް ސޮސައިޓީގެ ފަންޑުގެ 4 ޕަސެންޓު އަތޮޅު ލެވެލްގެ ކުޅިވަރުތަކަށް ހޭދަކުރުން
  • ގދ. ކޯޕަރޭޓިވް ސޮސައިޓީގެ ފަންޑުގެ 1 ޕަސެންޓު އިދާރީ ހިންގުމަށް ޚަރަދުކުރުން
  • ގދ. ކޯޕަރޭޓިވް ސޮސައިޓީއިން ފަންޑް ރެއިޒް ކުރާނެ ގޮތްތައް ކަނޑައެޅުން
  • ގދ. ކޯޕަރޭޓިވް ސޮސައިޓީގެ ފަންޑުގެ 60 ޕަސެންޓަކީ ރަށްރަށުގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ކަނޑައެޅުން
  • މުޅި އަތޮޅު ތަމްސީލުކުރާ ގދ. ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުން
  • ގދ. ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑެއް ކަނޑައަޅައި, އެ ބޯޑުގައި އަތޮޅުގެ ހުރިހާ ރަށެއް ތަމްސީލުކުރުން
  • ގދ. ކޯޕަރޭޓިވް ސޮސައިޓީއަކީ ރަށްރަށުގެ ކައުންސިލްތަކަށް ސަޕޯޓުދޭ ތަނަކަށްވުން
  • ގދ. ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށްފަހު ދެފުށް ފެންނަ ނިޒާމަކުން ހިންގޭނެ އުސޫލެއް ކަނޑައެޅުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *