Search Streamline Icon: https://streamlinehq.com

20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

Aboobakuru

ހދ.ކުޅުދުއްފުށީ އުމުރުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިމަހު 16 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް ވީނުވީ ތަނެއް ނޭގި ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

އާއިލާއިން ފުލުހުންނަށް މައުލޫމާތު ދިންގޮތުގައި މިކުއްޖާގެ ޚަބަރެއް އެންމެ ފަހުންވީއިރު އޭނާ ދިރިއުޅެމުންދިޔައީ ރައްޓެއްސަކާއެކު މާލޭގައެވެ.

އެހެންކަމުން، އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޒުވާން ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނައިރު، ރޭ ވަނީ ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު އަނިޔާވެރިގޮތަކަށް މަރާލާފައި އެއްލާލާފައި އޮއްވާ ފެނިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *