Search Streamline Icon: https://streamlinehq.com

ދުއްވަމުންދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Car

މާލޭގެ މަގުމަތީގައި ދުއްވަމުންދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފަސިންޖަރުންނާއެކު ޗާންދަނީމަގުން ދުއްވަމުންދިޔަ ކާރެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނެތެވެ.

މިރޭ 9 ޖަހާކަންހާއިރު މަޖީދީމަގު ހުރަސްކޮށް ޗާންދަނީމަގު ދެކުނު ކޮޅަށް ވަދެގެން ދިޔަ ”ލޯޔަލް ޓެކްސީ“ގެ ރަތް ކާރުގެ އިންޖީނުގައި އަލިފާން ރޯވުމުން، ކާރު މަޑުކޮށްލުމަށްފަހު ޑްރައިވަރު ނުކުމެގެން ގޮސް އެތާ ހުރި ފިހާރައެއްގައި ހުރި އަލިފާން ނިއްވާ ފުޅިއެއް ޖަހައި އަލިފާންގަނޑު ނިއްވާލީ ކަމަށް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

”އެ ޑްރައިވަރުގެ ކުޅަދާނަކަމުން އެހާ ފަސޭހައިން ނިއްވާލެވުނީ،“ އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

މިހާދިސާ ހިގި ސަރަހައްދަށް ފުލުހުންނާއި ސިފައިންނަށް އާދެވުނުއިރު ކާރުގެ ޑްރައިވަރު ވަނީ އަލިފާން ނިއްވާލާފައެވެ. ކާރުގެ އިންޖީނުގައި އަލިފާން ރޯވާން މެދުވެރިވީ އިންޖީނު ލޯޑުބޮޑުވެގެންކަމަށް ޑްރައިވަރު މައުލޫމާތުދިނެވެ.

Leave a Reply

Your email address will not be published. Required fields are marked *