Search Streamline Icon: https://streamlinehq.com

މީކާއިލް ހުށަހެޅި މައްސަލައަކީ ނަފްރަތު އުފައްދަން ހިންގި ދަށުދަރަޖައިގެ އަމަލެއް: ޑރ.އިޔާޒު

Download

ރައްޔިތުންގެ މަޖުލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ޑރ.މުހައްމަދު އިޔާޒާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ ނަފުރަތު އުފައްދަން ކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި ނަފްރަތު އުފައްދަން މީކާއިލް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިމައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ޑރ. އިޔާޒް ގޮވާލެއްވިއެވެ.

ޑރ.އިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި އަންހެންކުދިން ހިތާނު ކުރަން ހިތްވަރު ދޭފަދަ ގޮތަކަށް ވާހަކަ ދައްކާފަކާއެއް ނުވާނެއެވެ.

އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، ”ފީމޭލް ޖެނިޓަލް މިއުޓިލޭޝަން“ (އެފްޖީއެމް)އަށް ހިތްވަރު ދިން ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މީކައިލް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *