Search Streamline Icon: https://streamlinehq.com

ދެކުނާއި މެދު ރާއްޖެތެރެޔަށް މިއަދު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

AdduU

ދެކުނާއި މެދު ރާއްޖެތެރެޔަށް މިއަދު ވިއްސާރަވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވަނީ އަންގާފައެވެ.

ހުޅަނގާއި ހުޅަނގު އުތުރުން އަދި އުތުރާއި މެދުރާއްޖެއަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެފައިވެއެވެ. ރާޅުގެ އުސްމިން މިއަދު ހުންނާނީ ދެ ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *