ރާއްޖޭގެ ކަންކޮޅުތަކުގައި ފެތުމުންދާ ކޮވިޑް-19 އަށް ގދ.ތިނަދޫން ގިނަ އަަދަދެއްގެ ބަޔަކު މިއަދުވެސް ޕޮޒިޓިވް ވެއްޖެއެވެ.
ތިނަދޫން އިއްޔެ އެކަނިވެސް ކޮވިޑް-19 އަށް 17 މީހަކު ވަނީ ޕޮޒިޓިވް ވެފައި ވާއިރު 08 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު 264 އަށް އަރާފައިވާއިއު އެކްޓީވް ކޭސްގެ އަދަދަކީ 255 އެވެ.
ތިނަދޫން އިއްޔެ 17 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި 17 މީހުންނަކީ ރެންޑަމް 1 ސާމްޕަލާއި، ފުލޫ ކްލިނިކް 2 ސާމްޕަލުގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގް އިން ފާހަގަވެފައިވާ 14 މީހެކެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ތިނަދޫގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށް އެ ޤަވާޢިދާށް ޢަމަލުކުރަން ވަނީ ފަށާފައެވެ.
މި ބައްޔަށް ތިނަދޫން މީހަކު ޕޮޒިޓިވް ފުރަތަމަ ދުވަހުން ފެށީގެން މިހާތަނަށް 579 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 315 މީހެކެވެ.
ތިނަދޫ ކޮވިޑް ފެސިލިޓީގައި މިހާރުވެސް 6 މީހަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ތިނަދޫން ވަނީ އެކަކު ނިޔާވެފަ އެވެ.









