އުރީދޫ ހޯމް ބްރޯޑްބޭންޑް އަދި ސުޕަރނެޓްގެ ޚިދުމަތް މިއަދު އއ. ހިމަންދުއަށް ތައާރަފްކޮށްފިއެވެ.
ހިމަންދޫއިން އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ނަގާ ފުރަތަމަ 20 ކަސްޓަމަރަކަށް މައިކްރޮސޮފްޓް 360ގެ ލައިސެންސް ލިބިގެންދާނެ ކަމަށާއި، ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލައިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި އެކުންފުންޏަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާއެކުގަވެސް މިއަހަރުގައި އައު 7 ރަށަކަށް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް މިވަނީ ފޯރުކޮށްދީފައެވެ. އެގޮތުން މިއަދު އއ. ހިމަންދޫއަށް އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން އުރީދޫގެ ސުޕަރނެޓް ޕެކޭޖްތައް މިވަނީ އަޕްގްރޭޑްކޮށްފައެވެ. އަދި ހެޔޮއަގުގައި އުރީދޫ ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެއެވެ.









