Search Streamline Icon: https://streamlinehq.com

ދޮރަކާއި ޕިކަޕެއްގެ ދޭތެރޭ ތާށިވި ޒުވާނާގެ ހާލު ވަރަށް ސީރިޔަސް

206467395 123352456525897 8481834623625980588 n 876x584

މ.މުލީގައި ހިލަވެލި ގުދަނެއްގެ ދޮރާއި ޕިކަޕަކާއި ދޭތެރޭގައި ތާށިވި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.

މި ހާދިސާގައި އަނިޔާލިބިފައިވަނީ މ.މުލީ ސިމްލާވިލާ އުމުރުން 28 އަހަރުގެ އަހުމަދު ރައިހާން އަށެވެ. ރައިހާންގެ ބޮލުގެ ތިން ތަނަކަށް ގެއްލުންވެ ސިކުނޑިއަށް ވައި އެޅި ލޮލުގެ ފެނުން ފުސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައިހާންގެ ޙާލު ސީރިއަސްވުމުން އޭނާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް މައުލޫމާތުލިބެއެވެ. އަދި އޭނާގެ ޙާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށްވެސް ވަނީ މައުލޫމާތުލިބިފައެވެ.

މުލީ ކައުންސިލްގެ މެމްބަރު އަހުމަދު ސާކިފް ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ގުދަނަކަށް ޕިކަޕެއް ވައްދަން އުޅުމުގެ ތެރޭގައި ކަމަށާއި އަނިޔާވި ޒުވާނާ އަކީ އެ ރަށު ސިމްލާވިލާ އުމުރުން 28 އަހަރުގެ އަހުމަދު ރައިހާން ކަމުގަ އެވެ.

”ހިލަވެލިވައްދާފައި ހުރި ގުދަނެއް އެއީ. މައުލޫމާތު ލިބޭ ގޮތުން ޕިކަޕް ވެއްދި އިރު ކޮޅަށް އޭނާ ހުރީ. ފަހަތަށް ޖައްސާލި ވަގުތު ތޮރާއި ޕިކަޕާއި ދޭތެރޭ ތާށިވީ.“ އޭނާ ވިދާޅުވިއެވެ.

ރައިހާންއަށް އެހީވުމުގެ ގޮތުން މުލީ ކައުންސިލުން ވަނީ އެރަށުގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓަން ނިންމާފައެވެ.

ފައިސާ ޓްރާންސްފަރ ކުރަން ބޭނުންވާ ފަރާތްތަކަށް 7709469908101 އަށް ފައިސާ ޖަމާކުރެއްވުމުގެ ފުރުސަތު އެބައޮތެވެ. ޓްރާންސްފަރ ސްލިޕް ޖަމާކުރާނީ 9774475 އަށެވެ.

އޭނާގެ ހާލަތާއި ގުޅޭ ގޮތުން އަދި މިހާތަނަށް އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް ވަނީނުލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *