މާޅުސްމަޑޫލު ދެކުނުބުރީ މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ދިވެި ސަރުކާރުން 60 މިލިޔަން ރުފިޔާ ޚޛަރަދުކުރުމަށް ހަމަޖެހިފައިވާ މާޅޮހު ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ޙާވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އާއި އެވެ. މި މަޝްރޫއަކީ އަށާރަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަޝްރޫއު އެކެވެ
އެމްޑަބްލިއުއެސްސީން ހާމަކުރެއްވިގޮތުގައި މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރުވަނީ އެރަށަށް ގެންގޮސްފަ އެވެ. އަދި މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށްވެސް އެމްޑަބްލިއުއެސްސީން ހާމަކުރައްވަ އެވެ.
ލަފާކުރެވޭ ގޮތުގައި ފަސް ކިލޯމީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް މާޅޮހުގައި އެޅުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިންގާއި ފެން އުފެއްދުމަށް ބޭނުންވާ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.









