Search Streamline Icon: https://streamlinehq.com

އޯކޭ ޒާހިރު 2023 ގައި ރައީސްކަމަށް ވާދަކުރައްވަނީ

Ok zahir

2023ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރައްވަން ވިސްނައިވަޑައިގަންނަވާ ކަމުގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އޯކޭ ޒާހިރު ވިދާޅުވެއްޖެއެވެ.

”ފެންވަރު އޮންލައިން“އަށް ދެއްވި ޚާއްޞަ އިންޓަވިއު އެއްގައި ޒާހިރު ވިދާޅުވީ 2023ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރައްވަން އެމަނިކުފާނު ވިސްނައިވަޑައިގަންނަވަނީ ދިވެހިރައްޔިތުންނަށް ލާބަޔާއި މަންފާހޯދައިދިނުމަށްޓަކައި ކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލެއްވުމަށް ވިސްނައިވަޑައިގަތީ ރާއްޖޭގައި އުފެދިފައިވާ ހަލަބޮލިކަމާއި، ބައިބައިވުމާއި، ހަމަނުޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ އަޒުމުގައެވެ. އަދި ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ތާއަބަދަށް ދިވެހިރާއްޖެ ދެމިއޮތުމަކީ އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވާ ގޮތްކަމަށްވުމާއި އެކު އެގޮތް ދިވެހިންނަށް ހޯއްދަވައި ދެއްވުމުގެ މަތިވެރި މަޤުޞަދުގައި ކަމުގައި ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

”އަޅުގަނޑުގެ މަގުޞަދަކީ އެމްޑީޕީން ވެފައިހުރި ވަޢުދުތަކުގެ ތެރެއިން ނުފުއްދި ހުރި ވަޢުދުތައް ދިވެހި ރައްޔިތުންނަށް ފުއްދައި ދިނުން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސަތުގައި މިއަދާއި ހަމަޔަށް ބާކީ ހުރި ވަޢުދުތަކާއި އެއްކޮށް ރައްޔިތުން ހިތްހަމަޖެހޭވަރުގެ ވަޢުދުތަކެއް ނުފުއްދި ބާކީ އޮތްކަމަށްވަންޏާ އެ ވަޢުދުތަކަކީ އަޅުގަނޑު ފުއްދައިދޭނެ ވަޢުދުތައް.“ އޯކޭ ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ ދިވެހިފަސްގަނޑުންނާއި، ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚްގެ ތެރެއިން އެހެން ބޭފުޅުންނަށް ފެނިވަޑައިނުގަންނަވާ ވަރަށް ގިނަ މަންޒަރު އެމަނިކުފާނަށް ފެނިވަޑައިގެންފައި ވާކަމުގައެވެ.

”ރާއްޖޭޣެ ސިޔާސީ ދާއިރާގައި މިއަދާއި ހަމައަށް މަސައްކަތްކުރި ކޮންމެ ބޭފުޅަކީ އަޅުގަނޑު ދަންނަވާނީ ޤައުމަށްޓަކާއޭ ވިދާޅުވިޔަކަސް އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އެބަ އޮވޭ. އެކަމަކު އަޅުގަނޑު ދަންނަވާނީ މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެ ހުންނެވީ އެބޭފުޅާ ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވެގެން މަސައްކަތް ކުރައްވައިގެނެއް ނޫން. އެއީ ފާހަގަ ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް.“ 2023ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރައްވަން ޚިޔާލުކުރައްވާފައިވާ އޯކޭ ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ މީގެކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވި ބޭބޭފުޅުންގެ ތެރެއިން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމާއި ރައީސް މުޙައްމަދު ނަޝީދާއި ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުމް ޤާއްޔޫމް އަކީ އެބޭފުޅުން ރައީސްކަން ބޭނުންފުޅުވެގެން އެތައް ޒަމާނަކު މަސައްކަތްޕުޅު ކުރެއްވުމަށްފަހު އެމަޤާމު ލިބިވަޑައިގެންނެވި ބޭފުޅުން ކަމުގަ އެވެ.

ޒާހިރު ވިދާޅުވީ ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ އެމަނިކުފާނު އަމިއްލަފުޅަށް ހޯދަން ބޭނުންފުޅުވާ މަޤާމެއް ނޫންކަމުގައެވެ. ވަގުތު ޖެހެންވާއިރަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެމަނިކުފާނަށް ތާޢީދުކޮށް އެމަނިކުފާނު ބަލައިގެންފިނަމަ ރާއްޖޭގެ ރައީސްކަމަށް ކުރިމަތި ނުލާންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް އޯކޭ ޒާހިރު ވިދާޅުވިއެވެ.

”ބަލައިގަތުމާ ބަލައި ނުގަތުން އޮތީ ރައްޔިތުންގެ އަތްމަތީގަ. އޭގެ މާނައަކީ އަޅުގަނޑާ ދިމާއަށް އެތިވަރުތައް ގޮވުމެއް ނޫން. އެބޭފުޅަކަށް ފެނިވަޑައިނުގަންނަވަންޏާ ނުފެނެޔޭ ބުނެލީމަ ނިމުނީ. އެހެންވީމާ ފެންނަ މީހުންގެ އަދަދެއް އަޅުގަނޑު ކަނޑައަޅާފަ އެބައޮތް. އެ އަދަދަށް މީހުން ލިބިއްޖިއްޔާ އަޅުގަނޑު އެކަމާ ކުރިމަތިލާނަން. އެއީ ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭން. އަޅުގަނޑު މިހުރީ ފިސާރި ރަނގަޅަށް ކޮށްދޭން. އަޅުގަނޑު އެއްވެސް ގޯއްޗެއްވެސް ބޭނުމެއްނޫން. ފުލެޓެއްވެސް ބޭނުމެއްނޫން. އެކަމަކު އަޅުގަނޑުގެ މުސާރަ ބޭނުންވާނެ. އެއީ އަޅުގަނޑަށްވެސް ދެން ލިބޭނެ އެހެން އެއްޗެއް ނޯންނާނެތާ. ކުރާނެ މަސައްކަތެއް ބާކީ ގަޑިއެއްވެސް ނޯންނާނެތާ. އެހެންވީމަ މުސާރަ އަޅުގަނޑު ނަގާނަން. އެހެން ބޭފުޅުން ވިދާޅުވިހެން ތިމަންނަ މުސާރަ ބޭނުމެއްނޫނޭ މުސާރައިގެ ޕަސެންޓެއް ބޭނުމޭ އެހެނެއް ނުބުނާނަން.“ އޯކޭ ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވާނީ ޢަދުލު އިންސާފުން އެއްކިބާނުވާނެ އުސޫލުން ކަމަށާއި، ކުރާ ކޮންމެ ކަމެއްގައިވެސް އެކަމުން އެދެވޭ ނަތީޖާ ފެންނަންދެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ހިންދެމިނުލައި ރެޔާއި ދުވާލު މަސައްކަތް ކުރައްވާނެކަމުގައެވެ.

”ދަންނަވަން މިއޮތީ ތިޔަބޭފުޅުން ގައިގައޭ އޮތީ ހިއްވަރުވެސް. ތިޔަބޭފުޅުންގެ ގައިގައޭ އޮތީ ބާރުވެސް. ތިޔަބޭފުޅުން އެކަމަށް ބޭނުންފުުވާ ކޮންމެ ކަމެއް ކޮށްދިނުމަށް އަޅުގަނޑު ހުންނާނީ ތައްޔާރަށް. ވަކި ރައީސްކަމެއްނޫން ކޮންމެކަމެއްވެސް ދިވެހިރައްޔިތުން ބުނެފިއްޔާ އެކަމެއް ކޮށްދޭން އަޅުގަނޑު ހުންނާނީ ތައްޔާރަށް. އެގޮތުގެ މަތިން އަޅުގަނޑު މިހުރީ ފިސާރިކެރިގެން އަޅުގަނޑުގެ ވާޖިބު އަދާކުރަން ތައްޔާރަށް.“ އޯކޭ ޒާހިރު ވިދާޅުވި އެވެ.

”އަޅުގަނޑަކީ ޕީއެޗްޑީ ހޯލްޑަރެއްނޫން. އަޅުގަނޑަކީ އާދައިގެ މީހެއް. ގޮތް ނިންމާނީ އަޅުގަނޑެއްނޫން. ގޮތް ނިންމާނީ ތިޔަބޭފުޅުން. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑު ދެވަނަ ދައުރެއް ޢުމުރު ލަހައްޓަވައިގެން އަޅުގަނޑާއި ހަމައަށް އަތުވެއްޖިއްޔާ އެ ދައުރެއްގައި ވޯޓުލިޔަސް 75 ޕަސެންޓް ނުލިބެންޏާ އަޅުގަނޑު ނުހުންނާނަން. އެއީ އެއް ދައުރު މަސައްކަތް ކޮށްދިނީމާ އެމީހާ ތަޖުރިބާ ކުރެވިގެން ދެވަނަ ދައުރަކަށް ގޮސް އޭނާއަށް 75 ޕަސެންޓު ނުލިބެންޏާ އެމަޤާމުގަ ހުރެގެން ނުވާނެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތް. އެހެން ވީމަ އެއީ އަޅުގަނޑުގެ ލަނޑު ދަނޑީއަކީ އަޅުގަނޑަށް ޔަޤީން ދެވަނަ ދައުރަކަށް ހިނގައްޖިއްޔާ އަޅުގަނޑު 75 ޕަސެންޓު ހޯދާނަން. އޯކޭ ޒާހިރު ވިދާޅުވި އެވެ.

2023ގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރައްވާނެ ކަމަށް އެތައްބަޔަކު ދަނީ އަޑޫ ފަތުރަމުންނެވެ.

4 ކޮމެންޓް

  1. ވެރިކަމަށް އަންނަމީހުން ރަށްޔިތުނަށްޓަކައެ

    ޤައުމަށްޓަކައެ މިދެލަފުޒް ނުކިޔާ މަގޭފުއްދާނި މަގޭއެދުންތަކޭކިޔާ މާރަނގަޅުވާނެ

  2. އޯކޭ ޒާހިރު ބަރާބަރުވާނެ. އެންމެން ގުޅިގެން ޒާހިރު އަށް 2023 ކާމިޔާބު ކޮށް ދެވޭތޯ ބަަލަންވީ. ރައްޔިތުނަށް ލާބަޔާ މަންފާ ކުރާނެ. ޜާއްޖެ ތަރައްޤީ ވާނެ

  3. އަޅުގަނޑުގެ މަގުޞަދަކީ އެމްޑީޕީން ވެފައިހުރި ވަޢުދުތަކުގެ ތެރެއިން ނުފުއްދި ހުރި ވަޢުދުތައް ދިވެހި ރައްޔިތުންނަށް ފުއްދައި ދިނުން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސަތުގައި މިއަދާއި ހަމަޔަށް ބާކީ ހުރި ވަޢުދުތަކާއި އެއްކޮށް ރައްޔިތުން ހިތްހަމަޖެހޭވަރުގެ ވަޢުދުތަކެއް ނުފުއްދި ބާކީ އޮތްކަމަށްވަންޏާ އެ ވަޢުދުތަކަކީ އަޅުގަނޑު ފުއްދައިދޭނެ ވަޢުދުތައް.” އޯކޭ ޒާހިރު ވިދާޅުވި. ޒާހިރު ވަރުގެ މީހަކު ނެތް. ޒާހިރު ހަމަ އޯކޭ.

Leave a Reply to ރަހުމަ Cancel reply

Your email address will not be published. Required fields are marked *


ގުޅުންހުރި