Search Streamline Icon: https://streamlinehq.com

އެމް.އެން.ޑީ.އެފްއިން ތަމްރީންތަކެއް ކުރިއަށް ގެންދަނީ

މނދފ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން މިމަހު ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެއިދާރާއިން ހާމަ ކޮށްފިއެވެ.

މީޑިއާތަކަށް އާންމުކުރި އިޢުލާނެއްގައި އެއިދާރާއިން ބުނެފައިވަނީ، މިތަމްރީން ތަކަކީ 67 އަސާސީ ތަމްރީނު ކޯހުގެ ނައިޓް ޓްރޭނިންގ ތަމްރީނުތަކެއް ކަމަށާއި، ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި 2021 އިން 17 ޖުލައި 2021 ގެ ނިޔަލަށް ކަމަށެވެ. ތަމްރީންތައް ކުރިއަށް ދާނީ ޅ. މާފިލާފުށީގައި ކޮންމެ ދުވަހަކު އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.

ތަމްރީން ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތާއި އަދި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ގޮތުގެ ތަފްސީލު އެމް.އެން.ޑީ.އެފްއިން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއެކު ވެސް ހިއްސާ ކޮށްފައެވެ.

މިތަމްރީން ތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ:

  1.  ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :            މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ
  2.  ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:       200 މީޓަރ
  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        200 މީޓަރ
  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމި+ން:           ސީ.ލެވެލް
  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:           ޅ.މާފިލާފުއްޓާއި ދިމާމަތި

އެހެންކަމުން އެސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *