Search Streamline Icon: https://streamlinehq.com

ކޮވިޑް19: އިތުރު 139 މީހުން މިއަދު ފައްސި ވެއްޖެ

Covid

ފާއިތުވި 24 ގަޑިއިރުތެރޭގައި މުޅި ރާއްޖެއިން 139 މީހުން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

އެޗް.ޕީ.އޭއިން މިރޭ ނެރުނު މަޢުލޫމާތުގައި ދައްކާގޮތުގައި، އިއްޔެގެ އިރު އޮއްސި 6 ން ފެށިގެން މިއަދުގެ އިރުއޮއްސި 6 އާއި ހަމައަށް މުޅި ރާއްޖެއިން 4،745 ސާމްޕަލް ނަގާފައިވާއިރު 139 މީހުން ވަނީ ފައްސިވެފައެވެ. އޭގެތެރެއިން 26 މީހުން ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން 81 މީހުން ވަނީ ފައްސިވެފައެވެ.

މީގެއިތުރުން ރިސޯޓުތަކުން އިތުރު 8 މީހުން ފައްސިވެފައިވާއިރު މީހުން ދިރިއުޅޭ ބޯޓުތަކުން 2 މީހުން ފައްސިވެފައިވެއެވެ. އަދި އިންޑަސްޓްރިއަލް ރަށްތަކުން 22 މީހުން ވަނީ ފައްސިވެފައެވެ.

މިއަދުގެ ނަތީޖާތަކާއެކު މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 2،932 މީހުން ތިބިކަމަށް އެޗް.ޕީ.އޭއިން ހާމަ ކޮށްފައިވެއެވެ. އޭގެތެރެއިން 22 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *