މަރުވެފައޮތް މީހެއްގެ ހަށިގަނޑު އައްޑޫ ސިޓީގެ ކަނޑު އަޑިން ނަގައިފިއެވެ.
އެމް.އެން.ޑީ.އެފް އިން ހާމަކޮށްފައިވާ ގޮތުގައި ހަށިގަނޑު ފެނިފައިވަނީ އައްޑޫ ސިޓީގެ އިކުއެޓޯރ ވިލެޖްގެ އިރު އުތުރުން ފަރުގެ ބޭރުން ކަމަށެވެ. އަދި އެއީ ފިރިހެން ފަތުރުވެރިއެއްގެ ހަށިގަނޑު ކަމަށްވެސް ބުނެފައިވެއެވެ.
މިހާދިސާގެ ޚަބަރު އެމް.އެން.ޑީ.އެފްއަށް ލިބިފައިވަނީ މިއަދު 15:30 ހާއިރުއެވެ. އަދި އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން އެމީހާގެ ހަށިގަނޑު ނަގައިގެން މިއަދު 16:30 ހާއިރު ސ. ފޭދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ.
މީ ކޭސްގެ އިތުރު ތަހުގީގު ފުލުހުން މިހާރު ކުރިއަށް ގެންދާކަމަށް ވެސް އެމް.އެން.ޑީ.އެފްއިން ހާމަ ކޮށްފައިވެއެވެ.









