Search Streamline Icon: https://streamlinehq.com

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑް ބޭންޑުގެ ޚިދުމަތް މަހިބަދޫއަށް

Ooredoo Supernet

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑް ބޭންޑުގެ ޚިދުމަތް އދ. މަހިބަދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.

އަލލަށް ތައާރަފްކުރެވުނު މިޚިދުމަތް، މަހިބަދޫއިން އެންމެ ފުރަތަމަ ނަންގަވާ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ސުޕަރނެޓް 50އެމް އަދި 100އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެއެވެ.

އުރިދުއިން ވިދާޅުވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި އުރީދޫގެ ޕެކޭޖްތައް ދަނީ އަދިވެސް އަޕްގްރޭޑް ކުރަމުންނެވެ. އެގޮތުން ބަލާއިރު ދާދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަރނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ކަމަށާއި %100 އާއި ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވަރ ގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް 2 ގުނައަށްވަނީ އިތުރުކުރެވިފައިވާކަމަށް އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

މަހިބަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.

Leave a Reply

Your email address will not be published. Required fields are marked *