ގުޅިފައިވާ ލ.އަތޮޅު ގަމާއި ފޮނަދޫ އެތަށް ދުވަހަކު މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު އެހާލަތުން އާއްމު ޙާލަތަށް ރުޖޫޢަވެ ރަށް ހުޅުވާލައިފިއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވި ގަމުގައި މިވަގުތު ޕޮޒިވް މީހަކު ނެތް ކަމުގައެވެ. އަދި ފާއިތުވި 24 ގަޑީއިރު ތެރޭގައި 172 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް މެނޭޖަރު ވިދާޅުވިއެވެ.
ޢަލީ ނަޝީދު ވިދާޅުވީ ގަމުން މިހާތަނަށް 4399 ސާމްޕަލް ނަގާފައިވާކަމުގައެވެ. އަދި ނެގެޓިވްވި މީހުންގެ އަދަދު 3973 އަށް އަރާފައި ވާއިރު ޖުމްލަ ފައްސިވި މީހުންގެ ޖުމްލަ އަދަދު 349 އަށް އަރާފައިވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ޕެންޑީންގ ގައި 77 ވާކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މިބަލީގައި ތިން މީހަކުވަނީ ނިޔާވެފައެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން ހާމަކުރެއްވިގޮތުގައި ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތުން ވީއްލިފައިމިވަނީ 80 ދުވަހު މޮނިޓަރިންގެ ޙާލަތުގައި އޮތުމަށް ފަހުގަ އެވެ.
ގަން ރީޖަނަލް ހޮސް÷ިޓަލުން ހާމަކުރެއްވި ގޮތުގައި ގަމާއި ފޮނަދޫ މޮނިޓަރިން ޙާލަތަށް ގެންދަވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭގެ ގިނަ ރަށްރަށް މޮނިޓަރިން ޙާލަތަށް ދިޔަ ދަނޑިވަޅުގައި ގަމާއި ފޮނަދޫ މޮނިޓަރިންގ ޙާލަތަށް ދިޔަނަމަވެސް މި ދެރަށަކީ މި ޙާލަތުގައި ދެވަނައަށް އެންމެ ގިނަ ދުވަސްވީ ދެރަށްކަން ފާހަގަ ކުރެވެ އެވެ.
ގަމާއި ފޮނަދޫ މޮނިޓަރިންގ ޙާލަތަށް ގޮސްފައިވަނީ އެއްފަސްކޮސް ގުޅިފައިވާ ގަމާއި ފޮނަދޫއާ ދެމެދު ކައްދޫއާއި ޖެހިގެން ގަމާއި އެއް އިންވެގެން އޮންނަ ލ.މާންދޫން ފެނުނު ކޮވިޑް-19ގެ ކޭސްތަކަކާއި ގުޅުން ހުރި ބަަޔަކު ގަމާއި ފޮނަދޫން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
”ލ. ގަން އަދި ފޮނަދޫ މޮނިޓަރިންގ ހާލަތުގަ އޮންނަތާ 80 ދުވަހަށްފަހު މިއަދުމިވަނީ މޮނިޓަރިންގ ހާލަތު އުވާލެވިފައިމި ވޭތުވެ ދިޔަ ދުވަސްތަކުގައި ހޮސްޕިޓަލާއި ގުޅިގެން ގަން ފޮނަދޫގެ މުއައްސަސާތަކުން ކޮށްދެއްވި މަސައްކަތާއި ޢާންމު ރައްޔިތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. އަދި ވަކިން ޙާއްސަކޮށް ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓު ތަކުން ކުރި މަސައްކަތަށް މެނޭޖްމަންޓްގެ ނަމުގައި ޝުކުރު ދަންނަވަން.މޮނިޓަރިންގ ހާލަތު އުވާލެވުނުނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށާއި ކަމާއިގުޅުންހުރި އިދާރާތަކުގެ އެންގުންތަކާއި އިރުޝާދު ތަކަށް އަމަލު ކުރުމަށް އިލްތިމާސް ކުރަން.“
ލާމު ގަމާއި ގުޅިފައިވާ މާންދޫ ކައްދޫ ފޮނަދޫ މޮނިޓަރިންގެ ޙާލަތުން އާއްމު ހާލަތަށް ރުޖޫޢަވުމާއި ގުޅިގެން ކުރިއެކޭ އެއްގޮތަށް ތ.އަތޮޅާއި މ.އަތޮޅު އަދި ފ.އަތޮޅާއި، ދ. އަތޮޅުންވެސް ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ދަތުރު ފަށާނެކަމަށް ޤަބޫލު ކުރެއެވެ.
ފެންވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދު ތަކުން އަންނަ ބޮޑު އީދަށް ލާމު އަތޮޅަށް ދަތުރު ކުރުމަން އަންނަނީ ތައްޔާރުވަމުންނެއެވެ.









