Search Streamline Icon: https://streamlinehq.com

ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

Https cdn.cnn.com cnnnext dam assets 210712172838 01 iraqi hospital fire screengrab

އިރާގުގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ބަލި މީހުން ތިބި ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ގިނަ އަދެއްގެ މީހުން މަރުވެއްޖެއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގަ ހުންނަ އަލްހުސައިން ހޮސްޕިޓަލުގެ ވޯޑެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި މިހާދިސާގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެޤައުމުގެ މީޑިޔާގައި ބަޔާންކޮށްފައިވެއެވެ.

އެހޮސްޕިޓަލުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިޔާއިން ބުނާގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އޮކްސިޖަން ޓޭންކެއް ގޮވައިގެންނެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަލިފާން ރޯވި ވޯޑުގައި 70 އެނދު ހުރިކަމަށް މީޑިޔާގައި ބުނެފައިވެއެވެ.

އަލްހުސައިން ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތުދިން ގޮތުގައި މިހާދިސާގައި މިހާތަނަށް 52 މީހަކު މަރުވެ 22 މީހަކު ޒަޚަމްވެފައިވާއިރު ގިނަ އަދަދެއްގެ ބަލި މީހުން ވީނުވީއެއް އަދިވެސް ނޭގޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި އެހޮސްޕިޓަލުގައި މަސައްކަތްކުރާ ދެމުވައްޒަފަކުވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *