Search Streamline Icon: https://streamlinehq.com

ޕާކިސްތާނު ބޯޑަރު ކައިރީގައި ތާލިބާނުން ކުރަމުންދާ ހަގުރާމައިގައި ނޫސްވެރިޔަކު ޝަހީދުވެއްޖެ

119444945 ekqv74we 400x400

އަފްޣާނިސްތާން ސިފައިންނާއި ތާލިބާނުން ޕާކިސްތާނު ބޯޑަރު ކައިރީގައި ކުރަމުންދާ ހަގުރާމައިގައި ރޮއިޓާސްގެ ނޫސްވެރިޔާ ދާނިޝް ސިއްދީގު މަރުވެއްޖެ ކަމަށް އަފްޣާނިސްތާންގެ ކޮމާންޑަރަކު ވިދާޅު ވެއްޖެއެވެ.

އަފްޣާނިސްތާނުގެ އޮފިޝަލަކާ ހަވާލާދީ އެޤައުމުގެ މީޑިޔާތަކުން ބުނާގޮތުގައި މަޝްހޫރު ފޮޓޯގްރާފަރ އަދި ރޮއިޓާސްގެ ނޫސްވެރިޔާ ދާނިޝް ސިއްދީގުއާއި އަދި އަފްއާނިސްތާންގެ ސީނިއަރ އޮފިސަރަކު މަރުވެފައިވާކަމަށެވެ. ތާލިބާނުން ވަރަށް ފަހުން ހިފާފައިވާ ޕާކިސްތާން ބޯޑަރު ކަރީގެ އަވަށެއް ކަމަށްވާ ކަމުގައިވާ ސްޕިން ބޯލްޑެކްގެ މާރުކޭޓު ސަރަހައްދު ހިފުމަށް އަފްއާނިސްތާންގެ ސްޕެޝަލް ފޯސްއިން ކުރަމުން ދިޔަ ހަގުރާމާގައި ރޮއިޓާސްގެ ނޫސްވެރިޔާ ޝަހީދުވެފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.

މިހަގުރާމައިގައި އެތައް ބަޔަކު މަރުވެފައިވާއިރު މަރުވި މީހުންގެ އަދަދު ސީދާ ބުނެދޭން ނޭގޭ ކަމަށް މީޑިޔާތަކުގައި ބުނެފައިވެއެވެ.

ދާނިޝްވަނީ ފާއިތުވެދިޔަ ހަފްތާގައި އަފްޣާނިސްތާން ދެކުނުގައި، ކަންދަހާރުގައި ތިބޭ އަފްޣާން ސްޕެޝަލް ފޯސްއާއެކު ހަގުރާމަ ހިގަމުންދާގޮތް ރިޕޯޓްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މިމަސައްކަތުގައި އުޅެނިކޮށް އަތަށް ތޫނު އެއްޗެއް ވަނުމުގެ ސަބަބުން އަނިޔާވެފައިވާކަމަށް މިއަދު ހެދުނު ދާނިޝްވަނީ ރޮއިޓާސްއަށް މައުލޫމާތުދީފައެވެ.

އަފްޣާނުގެ ކޮމާންޑަރު ބުނާގޮތުގައި ތާލިބާނުން ބަލިވާންފެށުމުން އެމީހުންގެ ސަފުތައް ފަހަތަށް ޖެހެން ފެށުމުން ސިއްދީގު ދިޔައީ އަތަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންނެވެ. އެއަށްފަހު ފިހާރަތަކުގެ ސޭޓުނންނާއި ވާހަކަ ދެއްކުމުގައި ސިއްދީގު އުޅެނިކޮށް ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްލީކަމަށާއި އެހަމަލާގައި ނޫސްވެރިޔާ ޝަހީދުވީކަމަށް ކޮމާންޑަރު މައުލޫމާތުދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *