ކ.މާފުއްޓަށް ޗުއްޓީ ހޭދަކުރަންދިޔަ ފިރިހެނަކު އެރަށު އަންހެން ކައުންސިލަރަކަށް ހަމަލާދިނުމުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާފުށީ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި އެރަށު ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުންތަކެއް ފަހާ އެމީހާ ދުވަމުންދިޔައިރު އޭނާ މަރާލާނެކަމަށް ގޮވަމުން ދިޔަކަމަށާއި އެމަންޒަރު ވީޑިއޯކޮށްދޭން އެދި ފަހަތުން ދާން ފެށުމުން އޭނާގެ ކިބައިން ސަލާމަތްވާން އެ މީހުން ގެއަކަށް ވަދެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައި އެ މީހާގެ އަތުގައި އޮތް އުލެއް އަންހެން ކައުންސިލަރެއްގެ ބުރަކައްޓަށް ހަރާލާފައިވެއެވެ.
ނަމަވެސް ކައުންސިލަރަށް މާބޮޑު ޒަހަމެއް ނުލިބޭ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
އެމީހާ ހައްޔަރުކުރުމަށްފަހު ފުލުހުން ބަލާލިއިރު އެމީހާ މާފުށްޓަށް އެރިކަމެއް އެރަށު ކައުންސިލަށްވެސް ނެގެއެވެ. ވެކްސިންގެ ދެޑޯޒު ފުރިހަމަކުރިކަމެއްވެސް އެގިފަކާއެއްނެތެވެ.
ކޮވިޑް-19ގެ ވެކްސިންގެ ދެޑޯޒު ހަމަކުރުމަށްފަހު ދެހަފްތާ ވުމުން ދަތުރުކުރެވޭ ގޮތަށް ހަމަޖެހހިފައިވީނަމަވެސް ގިނަބަޔަކު އެއަށް އަމަލުނުކުރާކަމަށް ކައުންސިލްތަކުން ދަނީ މައުލޫމާތުދެމުންނެވެ. އެގޮތުން ވެކްސިން ވެކްސިންގެ ދެޑޯޒު ހަމަނުކޮށްވެސް ގިނަބަޔަކު ދަނީ ދަތުރުކުރަމުންނެވެ.









