Search Streamline Icon: https://streamlinehq.com

މިނިސްޓަރ ޝާހިދު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި

400B9F88 15A2 4233 94AC F7BC95EECA42 850x548

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ އިންޑިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ ”އުއްމީދުގެ ރިޔާސަތު“ ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު މިބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.

ދިވެހި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރ ނަގަރާޖް ނައިޑޫވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.

މިދަރުތުފުލަކީ އިންޑިޔާގެ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ޖުލައި 22 އިން 24 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *