Search Streamline Icon: https://streamlinehq.com

ރައީސް ނަޝީދު ބޭނުންހާ ގޮތަކަށް ކަންތައްކުރުމުގެ ފުރުސަތު ނުދެވޭނެ: އަލްހާން ފަހުމީ

Big pdGyTTvFO0NjoJyL7DpkSsZvh

ރާއްޖޭގައި ތިބި ހަރުކަށި ފިކުރުތަކުގެ މީހުން ހައްޔަރުކޮށް، ރާއްޖޭގައި ކުއްލިނުރައްކާ އިއުލާންކޮށް ރައްޔިތުންގެ މަޖުލީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންހާ ގޮތަކަށް ކަންތައްކުރުމުގެ ފުރުސަތު ނުދޭނެކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމަށާއި ރައީސްގެ ބާރުތަކަށް އަރައިގަނެ ތިމާ ބޭނުންވަހާކާ ބަޔަކު ހައްޔަރުކޮށް ރާއްޖޭގެ އަމަން ނަގާލަން ރައީސް ނަޝީދަށް ފުރުސަތު ދެވެން ނެތްކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރެއް ރޭގެ ވަގުތެއްގައި މިވަނީ ފާސްކޮށްފައެވެ. މިޤަރާރު ފާސްކޮށްފައިވަނީ 142 މެންބަރުން ހިމެނޭ ޤައުމީ މަޖިލީހުގެ 39 މެންބަރުންގެ ވޯޓުންނެވެ. ޤަރާރު ހުށަހައްޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ދިވެހި ފުލުހުންނަށް ހަރުކަށި ފިކުރު މީހުން ހައްޔަރު ކުރަން ޖާގަދޭންވީ ވަގުތުކަމަށެވެ. އަދި މިހާލަތުގައި، ހަރުކަށި ފިކުރާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތް ނުކުރެވިއްޖެނަމަ، ހީވެސް ނުކުރާ ހާލަތަކަށް ރާއްޖެ ގޮސްދާނެކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މުސްތަޤުބަލަށް މިކަމުން ނޭދޭވޭ ބޮޑެތި އަސަރުތައް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ރައީސް ނަޝީދު ފާސްކުރި މިޤަރާރަކީ، ޤައުމީ މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދުކުރާ މަދު ބަޔަކު ބައިވެރިވެގެން ނިންމި އެއްވެސް ތާކުން ތާކުނުޖެހޭ ނިންމުމެއްކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވިގޮތުގައި ފާޅުގައި ބަޔަކު ހަގުރާމައެއް އިއުލާން ކޮށްފައިނުވާއިރު ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާން ޖެހޭ ސަބަބެއް ނެތެވެ. އަދި ވަކި ޕާޓީއަކުން ގޮތްނިންމާ އަސާސީ ހައްގުތަކަށް އަރައިގަނެ، ސަރުކާރުގެ މައްޗަށް ވަކި ގޮތަކަށް ކަންކަން ކުރާކަށް ނޭންގޭނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *